މަރުގެ ދަންތުރައިގައި ނުޖައްސާ ކަތުން ދަރުމަވެރިކަމަށް ލަންބުވާށޭ މިތުރު ކުރާ ކަންތަކާ އަދި އިވޭ އަޑުތަކުގެ ތުރާލެއް ނުކޮށް ފަތުރަދޭށޭ ޚަބަރު އުފާވެރިކަމާއެކު ޖަމާޢަތް ތެރޭ ވަފާތެރިވެދޭށޭ ނުވާށޭ ޣަދަރު ކަތުންނޭވެ އަލިފާން ނުލާށޭ ޙަސަދަ މަތެއްރަޙު ނުލިބެޔޭ ތެރޭގައި ގަބުރު މިތާ މުޖުތަމަޢުގައި އުޅޭ އެންމެނަށް ހިތާ އަދި ދުލުންވެސް ކުރާށޭ ޤަދަރު ޒުވާންކަމުގެ މަސްތީ އަސަރުތަކުތެރޭ ޒުވާން ޖިސްމު ރައްކާ ކުރާށޭ ބިކުރު އަތާ ހިތް ފުރޭހާ މުދާ ގިނަވިޔަސް މިތާގައި ނުވާށޭ ބޮޑާ އަދި ކިބުރު ބުނަންހޭ މިއީ ހުވަފެނެއް ފަދަ ތަނެއް ބުނަން ނޭނގި ނިމިދާނެޔޭ ކުރި ދަތުރު ހިނގާށޭ އަލުން ހެޔޮ ޢަމަލުކޮށް އުޅެން ހިނގާ ނެރެ އުކާލަން އެދަގުޔާ ދަބަރު
ނަފުސު ޠާހިރުކުރާށެވެ!
ޝަކީލާ
1 މިނެޓްގެ ކިޔުމެއް•30 އޮކްޓޫބަރު 2026