ލިޔުން ކިޔައިފައިވާ ޢަދަދު: 55
މައިން ބަފައިންނަށް ކިޔަމަންވުން، އަދި މައިން ބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުންގެ ޙައްޤުތައް (142)
ލިޔުން ކިޔައިފައިވާ ޢަދަދު: 55...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 2މިނިޓު \|
(03 އޮގަސްޓް 2023 ގައި ޝާއިޢުކުރިބަޔާ ގުޅޭ)
**ލިޔުއްވީ: ފަޟީލަތުއްޝައިޚު އަޙްމަދު ޢީސާ ޢާޝޫރު**
**ތަރުޖަމާ: އަޙްމަދު ފާރޫޤު މުޙައްމަދު**
(އަބޫއައްޔޫބުލް އަންޞާރީގެ އަރިހުން ރިވާވެގެންވާ ޙަދީޘް ނުނިމިއޮތްބައި)
**فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:**
ފަހެ، މާތްނަބިއްޔާ **صَلَّى اللهُ عَلَيْهِ وَسَلَّمَ** ޙަދީޘްކުރެއްވިއެވެ.
**{تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا،**
{ތިބާ **اللهُ** އަށް އަޅުކަން ކުރުމުގައި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ.
**وَتُقِيمُ الصَّلَاةَ،**
އަދި ތިބާ ނަމާދު ޤާއިމުކުރާށެވެ.
**وَتُؤْتِي الزَّكَاةَ،**
އަދި ތިބާ ޒަކާތް ދޭށެވެ.
**وَتَصِلُ الرَّحِمَ،**
އަދި ތިބާ ގާތްތިމާގެ ކަމުގެ ގުޅުން (ކެނޑުނަނުދީ) ދަމަހައްޓާށެވެ.}
**دَعِ النَّاقَةَ.} (رَوَاهُ البُخَارِيُّ، وَ مُسْلِمُ وَ اللَّفْظُ لَهُ) (1)**
(ދެން ޙަދީޘް ކުރެއްވިއެވެ.) {ޖަމަލުގެ ލަގަނުން ދޫކޮށްލާށެވެ.} (މި ތާނގައި މިވަނީ އަލްއިމާމު މުސްލިމު ރިވާކުރެއްވި ޢިބާރާތެވެ.)
އެހެން ރިވާޔަތެއްގައިވެއެވެ.
**فَلَمَّا أَدْبَرَ،**