ވާހަކައާއި އަދަބިއްޔާތު

ފުރައަމެންގޭ މާދަރީ ބަސް

ލިޔުން ކިޔައިފައިވާ ޢަދަދު: 93...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
2 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ފުރައަމެންގޭ މާދަރީ ބަސް

ލިޔުން ކިޔައިފައިވާ ޢަދަދު: 93

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 2މިނިޓު \|

އެންމެހައި  އިންސާންތަކުން  ވާތީވެ  ޚުލަފާއުލްއިލާހް،

ހުންނަ  ނަފްސުއްނާޠިޤާ   އުލްފާ   އަމާނަތް  ދޭހަވާ.

ބަސްބަހީ  މީހުން   ހަދާ  އެއްޗެއް ބަލަގަ ނޫނޭ ތެދޭ،

އަސްތައަސްތާ  ގުދުރަތުގެ  އޭ އެއްޗެކޭ ހަމަ ހިންގަވާ.

އެއިގެ  މައްޗަށް  މީހަކަށް  ބާރެއް ނުދެއްކޭނެޔެ ހިލާ،

ހެއިހަށީގައި  ބުއްދިވާނަމަ  ށޭވެ  ކަންދީ  ވިސްނަވާ.

މީހުނަށް  ވެވިދާނެ  ކަމަކީ،  ހޯދުމޭ ދަސްކޮށް މޮޅަށް،

ހީއެވެތިގެން އުނގެނި އުޅުމުން އެއިގެހުރިތައް ޢިދުޤަވާ.

އުނގެނި ދަސްކޮށް އުޅުނު ވަރަކުން ކުރިއަރާނެޔެ ބަސްބަހަށް،

ނުގެހިފަސް ހޯދައިބަލައި ބަސްތައްބުގިސް މަގުތައް އެވާ.

އައިގޮތާ     މެދު     ބަސްއިހުއްސުރެ     ވިސްނުމޭ ފަރުވާއަކީ،

ލައިބަހޯދައި  ބަހުގެ  މަގުއެނގިދާވަރަށް  ފެނި ވާނުވާ.

ފުރައަމެންގޭ   މާދަރީ ބަސް  އެކުވެގެންވެޔެ   އުފެދިގެން،

ކުރެވިދާހިނދުފިކުރު ގިނަބަސް އެއްވެގެން ޝަރުޤަށްމިވާ.

ސެންސިކިރްތާ، ޕާޅިޔާ، ސިންހަލަ، ތަމަޅަ، ފެނެޔޭ ނިކަން،

ފެންނަހެން  ޢަރަބީގެ  ބަސްތައް، ފާރިސީޔާ ޕަޝްތޮވާ.

ހަމަ އެފަދައިން ހުރެދެޔޭ ޔޫރަޕުގެ ބަސްތައް ވެސް ލިބޭން،

ނަމަބަލައި ހޯދައިއުޅެފި ކަތަކަށް ރަނގަޅު ހަމަ ބުއްދިވާ.

ކޮންމެ ބަޔަކުގެ ބަސްމެ ބެހިގެންވާ ކަމަށްވެޔެ ތިން ބަޔަށް،

އޮންނަ ގޮތް ރަނގަޅަށްބަލާއިރު، އީމިތެދެ އަދު ދަންނަވާ.

ނަންތަކާ، ކަންތައްވެޔޭ އަޞްލެއްކަމަށް ބަހުގައި ހިނގާ،

އަންނަ ތިންވަނަބައިކަމަށްވެޔެ، އަކުރުތައް އެކި މައުނަވާ.

ނަންތަކީ މަތިވެރިވެގެންވާ ބަސްތަކޭ އެއްޗެއް އެނގޭ،

ކަންތަކާ ވަކިވާ     ގޮތުން، ނެތި ވަކި ޒަމާނެއް  ދޭހަވާ.

ކަންތަކީ  ބަސްތައް ކަމަށްވެޔެ، އޭތެރޭގައި އެކުލެވޭ،

އަންނަނިވި، ވެއަތުވި، ޒަމާނުގެ މަޢުނަ އިރުގައި ބައްލަވާ.

ކައިފި، އިއްޔެ، އަރާނެ، މާދަން، ވެއްޖެ، ވާނެޔެ، ހިތްއުފާ،

އައި ދުވަހަކުން މާލެ ދިޔަ މީހުން  ނިކަންށޭ  ހުންނަވާ.

ނޫނު ސުކުނާ، ށަވިޔަނީ ނަންތަކުތެރޭގައި ވަދެ ހިނގާ،

ދޫނުކޮށް    ގުޅުވައިމެ ގަވިޔަނި ފުށަތު ފިލި ޖެހިގެން އެވާ.

ފަކުރުނެތި ބުނަމޭ ފިކުރުކޮށް، އެކުލަވައި ޅެންބަހުތެރޭ،

އަކުރުތައް ވެޔެ މާނައެއް ނެތް އެއްޗަކަށް ހިނދު އެކަނިވާ.

ގޭގައިންދާ ބަދިގެއަށް އަންހެން ކުދީނަށް ކެއްކުމަށް،

ހޭހަމެއް ކުރުމޭ  މޮޅީ،  ހީވާގިކަން  ދެކެފައި  އެވާ.

ނަންތަކާ އަދި ކަންތަކާ ގުޅުވާ އަކުރުތައް ހުންނަނީ،

އަންނަހެންނޭ މިބުނިބަސްބަހުގައި  ތެދޭހެން ދުރުނުވާ.

ގެހެވިގެންވާ ފުށަތުފިލި ގަވިޔަނިވެޔޭ ހަމަ ގުޅުވުމަށް،

މެހެވިދާހިނދު ނަންނަމަށް އެނގި ދޭހަގޮތަކަށް މަޢުނަވާ.

މިބުނިގަވިޔަނިއޮންނަނީ ހަމަފޮރުވިގެންނޭ ގިނަހިނދަށް،

ލިބުނު ގޮތަކުން  ކުރުކުރާތީ  ބަހުގެ  މޭރުން  ދޭހަވާ.

ބަކަރިމަސް ގެރިމަހުގެ ތާޒާ މަސްކަނީނަމަ އާދަކޮށް،

ހަކަވެދާނެޔެ ދެރައެހަށިގަނޑު ޞިއްޙަތެއް ލިބިގެންނުވާ.

ރުއްވަކަރު މޮޅުވާނެޔޭ ގޭގޭގެ ކަންތައްކޮށް އުޅޭން،

ކުއްޅަވަކު ހުތް  ތޫނުވާނެޔެ ބިލިމަގަށްވުރެ ދޮންނުވާ.

ވަޅުފެނަށްވުރެ މޮޅުކަމަށް ކިޔަނީ އަބަދު ވާރެއިފެނޭ،

ކަޅުއޮށަނިފަތް  ދެރަނުވާނެޔެ ތާކުޖެހުމަށް  ފާރުވާ.

މިބުނިގަވިޔަނި ފޮރުވިގެންވުންހެޔޮނުވާ ގޮތްތައްވެޔޭ،

އިބުނި މޫސާ ބުނިގޮތުން ނަންތައް ގުޅާއިރު ހަމަނުވާ.

ރަސްކަމުގެޢިއްޒަތުގެކަންތައް ނޭނގުނަސްމަހިތުން ތެދޭ،

ދަސްނުކޮށް ދީނުގެ ޙުކުމްތައް ތިބެގެނެއްނެޔެ ހެއުނުވާ.

\_\_\_\_\_\_\_\_\_\_\_

ނޯޓު: މިއީ ފަތްތޫރައިގެ ދެ ޢަދަދެއްގައި ޝާއިޢުކުރައްވާފައިވާ ޅެމެކެވެ. މި ޅެމުގެ މުހިއްމުކަމަށް ޓަކައި އަޅުގަނޑުމެންގެ މި މަޖައްލާގައިވެސް ޝާއިޢުކޮށްލީ އެވެ.

1. ވަރަށް ބޮޑަށް ޝުކުރިއްޔާ!

ހުތް ޢަލިދީދީ އެންމެ ފުރަތަމަ ހެއްދެވި ދެ ޅެންވެސް މި ސައިޓުގައި ޝާއިޢުކޮށް ދެއްވާނެ ނަމަ ހާދަ ރަނގަޅޭ ހިތަށްއަރާ!

Comments are closed.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން