ވާހަކައާއި އަދަބިއްޔާތު

ޞަޙާބީންނާއެކު 365 ދުވަސް – 4: އައްޞިއްދީޤްގެ ލަގަބު

ލިޔުން ކިޔައިފައިވާ ޢަދަދު: 1,161...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
1 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ޞަޙާބީންނާއެކު 365 ދުވަސް – 4: އައްޞިއްދީޤްގެ ލަގަބު

ލިޔުން ކިޔައިފައިވާ ޢަދަދު: 1,161

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: < 1މިނިޓު \|

ކީރިތި ރަސޫލާ ދީނަށް ގޮވައިލެއްވުމުގެ ސަބަބުން ގުރައިޝުން ވަރަށް ހިތްހަމަނުޖެހުނެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅު ހުއްޓުވަން ވަރަށް މަސައްކަތް ކުރިއެވެ. އެކަލޭގެފާނަށް އެކި ކަހަލަ އުނދަގޫތައް ކުރުމާއި އަނިޔާ ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ކީރިތި ރަސޫލާ ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު އެކަލޭގެފާނުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. އެ ދުވަސްވަރު ކީރިތި ރަސޫލާގެ ބޮޑުބޭބެ އަބޫ ޠާލިބާއި ރަސޫލާގެ އަނބިކަނބަލުން ޚަދީޖާ ބިންތު ޚުވައިލިދު އަވަހާރަވިއެވެ. އެޔާއެކު އިތުރު އެކަލޭގެފާނު ގިނިކަންޏާވީއެވެ.

ދުވަސްކޮޅަކަށްފަހު އެއް މީލާދީން 620 ވަނަ އަހަރު ރޭގަނޑެއްގައި ކީރިތި ރަސޫލާ މިއުރާޖަށް އަރައިވަޑައިގަތެވެ. އެކަލޭގެފާނު މަސްޖިދުލްއަޣްޞާއަށް ވަޑައިގަތް ވާހަކައާއި އުޑަށް އަރައިވަޑައިގަތް ވާހަކަ ވިދާޅުވީމާ މުޝްރިކުން އެކަލޭގފެފާނަށް މަލާމާތް ކުރިއެވެ. މުސްލިމުންވެސް ހިމެނޭ ގޮތުން ބަޔަކު މީހުން އަބޫބަކުރުގެފާނު އަރިހަށް ގޮސް ރަސޫލާގެ އިސްރާއާއި މިޢުރާޖްގެ މައްޗަށް ޝައްކު ކުރާ ވާހަކަ ދެންނެވިއެވެ. އެކަލޭގެފާނު އެމީހުންގެ ވާހަކަ ހުއްޓުވައިފައި ވިދާޅުވި ކީރިތި ރަސޫލާގެ ހުރިހާ ބަސްފުޅުތަށް ތިމަންކަލޭގެފާނު ގަބޫލުކުރައްވާނަމޭއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު މުހައްމަދުގެފާނު އިތުރުފުޅެއް ހެއްދެވި އަޑެއް ނާހަމެވެ. ތިމަންކަލޭގެފާނު ރަސޫލާގެ ހުރިހާ ބަސްފުޅުތަކެއް ގަބޫލުކުރަމެވެ." މިއީ އަބޫބަކުރުގެފާނަށް އައްޞިއްދީޤްގެ ލަގަބުފުޅު ލިބިވަޑައިގަތް ސަބަބެވެ. އައްޞިއްދީޤް ގެ މާނައަކީ ތެދުވެރިޔާއެވެ. ނުވަތަ ތެދުވެރި ވަފާތެރި އެކުވެރިޔާއެވެ.

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން