ޚިޔާލާއި ފިކުރު

ފަރުދުންނާއި މުޖުތަމަޢު އިޞްލާޙުކުރުމަށް އިސްލާމީ އިރުޝާދުތައް (164)

ލިޔުން ކިޔައިފައިވާ ޢަދަދު: 46...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
2 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ފަރުދުންނާއި މުޖުތަމަޢު އިޞްލާޙުކުރުމަށް އިސްލާމީ އިރުޝާދުތައް (164)

ލިޔުން ކިޔައިފައިވާ ޢަދަދު: 46

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 3މިނިޓު \|

**ލިޔުއްވީ: ފަޟީލަތުއްޝައިޚު މުޙައްމަދު ބްނު ޖަމީލު ޒައިނޫ** **ތަރުޖަމާކުރީ: އަޙްމަދު ފާރޫޤު މުޙައްމަދު**

**لَا إِلَهَ إِلَّا اللَّهُ** ގެ މާނަ

މި ޖުމްލައިގައިވަނީ، ނަފީކުރެއްވުމާއި އިސްބާތު ނުވަތަ ސާބިތު ކުރެއްވުމެވެ. މާނައަކީ، **اللَّهُ** ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއްގެ ކިބައިން އިލާހުވަންތަކަން ނަފީކުރެއްވުމާއެކު، ހަމައެކަނި **اللَّهُ** އަށް އިލާހުވަންތަކަން ސާބިތު ކުރައްވާފަ އެވެ. އެހެންކަމާއެކު **لَا إِلَهَ إِلَّا اللَّهُ**ގެ މާނައަކީ، \[ **اللَّهُ** މެނުވީ އަޅުކަން ކުރުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.\] މިއެވެ.

**(1) اللَّهُ** ވަޙީކުރައްވާފައިވެއެވެ.

**{فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ}(سُورَةُ مُحَمَّد: 19)**

މާނައީ: {ފަހެ، **اللَّهُ** މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ.}

**(2)** ރަސޫލު**اللَّهِ صَلَّى** **اللَّهُ** **عَلَيهِ وَسَلَّمَ** ޙަދީޘްކުރައްވާފައިވެއެވެ.

(\[ފަރުދުންނާއި މުޖުތަމަޢު އިޞްލާޙުކުރުމަށް އިސްލާމީ އިރުޝާދުތައް\] މި މައުޟޫޢު ނުނިމޭ)

މިއަދަކީ ވަރަށް ބާއްޖަވެރި އުފާވެރި ދުވަހެއްކަމުގައި ލައްވާށިއެވެ!

**ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އަނިޔާވެރި ޔަހޫދީންގެ ކިބައިން އަލްމަސްޖިދުލް އަޤްޞާ ސަލާމަތްކޮށްދެއްވައި، ފަލަސްޠީނުގެ މުޖާހިދުންނަށް ނަޞްރުދެއްވާނދޭވެ! ޔަހޫދީންގެ އަނިޔާވެރިކަމަށް ވާގިވެރިވާ އެންމެހައި ފަރާތްތައް ނިކަމެތިކުރައްވައި އެފަދަ ޤައުމުތަކުގެބާރު ނެތިކުރައްވައި ދުނިޔެއަށް އަމާންކަން މިންވަރުކުރައްވާނދޭވެ! މުސްލިމުންގެ ވެރީންނަށް ހެޔޮވިސްނުން ލިބިދެއްވައި، ދުނިޔެއަށް ހެއްލުންތެރިވުމުން އެއުރެންނާއި، އަޅަމެން ސަލާމަތް ކުރައް ވާނދޭވެ! މުސްލިމުންނަށް ގަދަކަން ލިބިދެއްވައި ޢަދުއްވުންގެކިބައިން އަޅަމެން ރައްކާތެރި ކުރައްވާނދޭވެ! އަޅަމެންގެ ދުޢާ އިޖާބަ ކުރައްވާނދޭވެ! އާމީން!! އޭ ޢާލަމްތަކުގެ ވެރިރަސްކަލާކޮ!! އާމީން!**

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން